|
Tuesday, 17 January 2012 08:34 |
ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި، ފަނޑިޔާރުންގެ ޤާނޫނާއި ޚިލާފަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯހުން ކްރިމިނަލް ކޯޓުގެ އިސްޤާޟީ އަލްއުސްތާޛު ޢަބްދުﷲ މުޙައްމަދު ހައްޔަރުކޮށް، ކޯޓުތަކުގެ ޙުރުމަތް ކަނޑާފައިވާތީ، ޢަމަލީގޮތުން ޝާމިލްވާ އެންމެހައި ފަރާތްތަކުގެ މައްޗަށް، ދަޢްވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލަށް އަމުރުކޮށްފިއެވެ.
އަމުރު ވިދާޅުވުމަށް>>>>>
|
|
Monday, 16 January 2012 23:15 |
ޤާނޫނު ނަންބަރު 2010/13 (ފަނޑިޔާރުންނާއިބެހޭ ޤާނޫނު) ގެ 09 ވަނަ މާއްދާއާއި އެޤާނޫނުގެ 12 ވަނަ މާއްދާގެ (ހ) އާއި ކަނޑައެޅިގެން ޚިލާފަށް ދިވެހިރާއްޖޭގެ އަސްކަރިއްޔާއިން ކްރިމިނަލް ކޯޓު އިސްޤާޟީ އަލްއުސްތާޛު ޢަބްދުﷲ މުޙައްމަދު ދިރިއުޅުއްވާ ގެއަށް ގަދަކަމުންވަދެ އިސްޤާޟީ ހައްޔަރުކުރުމާގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 95-CR/2012/02 " ކޯޓު އަމުރުން" މިރޭ މެންދަމު 02:00 ގައި ކަނޑައަޅާފައިވާތީ، މިހިނދުން މިހިނދަށް މިކޯޓުގެ އިސްޤާޟީ އަލްއުސްތާޛް ޢަބްދުﷲ މުޙައްމަދު ދޫކޮށްލުމަށް ދިވެހިރާއްޖޭގެ އަސްކަރިއްޔާއަށް ކްރިމިނަލް ކޯޓުން ގޮވާލައި ނޫސްބަޔާން ނެރެފިއެވެ.
ނޫސްބަޔާން ވިދާޅުވުމަށް >>>>>
|
|
Monday, 16 January 2012 09:14 |
|
މޯލްޑިވްސް ޕޮލިސްސަރވިސްއިން ބަލަމުންދާ މައްސަލައަކައި ގުޅިގެން ކްރިމިނަލް ކޯޓްގެ އިސްޤާޟީ އަލްއުސްތާޛް ޢަބުދު ﷲ މުޙައްމަދު 16 ޖެނުއަރީ 2012 ވާ ހޯމަދުވަހުގެރޭ ( މިރޭ ) 20:30 އަށް ހާޟިރު ވުމަށް މޯލްޑިވްސް ޕޮލިސްސަރވިސްގެ ނަންބަރު D2(a)/HCH/2012/16 ޗިޓުން އަންގާފިއެވެ. މިޗިޓް ކްރިމިނަލް ކޯޓަށް ލިބިފައިވަނީ މިއަދު (16 ޖެނުއަރީ 2012 ) މެންދުރު 12:30 އެހާކަންހާއިރުއެވެ. |
|
Thursday, 05 January 2012 08:27 |
|
މިހާރު ނުރަސްމީގަޑީގައި ކްރިމިނަލް ކޯޓުން ކުރަމުންގެންދާ ފުލުހުންގެ ބެލުމުގެ ދަށުގައި ބަންދުގައި ތިބޭ މީހުންނަށް މުއްދަތު ދިނުމުގެ މަސައްކަތް 15 ޖެނުއަރީ 2012 އިން ފެށިގެން ރަސްމީގަޑިގައި ކުރާގޮތަށް ކްރިމިނަލް ކޯޓުގެ ޤާޟީންގެ މަޖިލިހުން ނިންމައިފިއެވެ. މިގޮތަށް ހަމަޖެހުނީ 03 ޖެނުއަރީ 2012 ގައި ބޭވުނު ޤާޟީންގެ މަޖިލީހުގެ ބައްދަލުވުމުންނެވެ. ކްރިމިނަލް ކޯޓުން ރޭގަނޑުގައި ކުރަމުން ގެންދިއަ މުއްދަތު ދިނުމުގެ މަސައްކަތް ރަސްމީ ދުވަސް ދުވަހުގެ 14:00 އިން 16:00 އަށް އަދި ނުރަސްމީދުވަސް ދުވަހު ރޭގަނޑު 19:00 އިން 21:00 އައި ދެމެދު ކުރާގޮތަށް މިހާރު ވަނީ ހަމަޖެހިފައެވެ. |
|
Monday, 02 January 2012 08:15 |
|
2011 ވަނަ އަހަރު ޑިސެމްބަރ މަހުގެ 28 ވީ ބުދަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ 3 ވަނަ ދައުރުގެ 31 ވަނަ ޖަލްސާއިން ފާސްކުރެއްވި " މަސްތުވާ ތަކެއްޗާބެހޭ ބިލު '' ޤާނޫނު އަސާސީގެ 92 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، 31 ޑިސެމްބަރު 2011 ވީ ހޮނިހިރު ދުވަހު ރައީސުލްޖުމުހޫރިއްޔާ ތަޞްދީޤު ކުރެއްވުމާއި ގުޅިގެ ކްރިމިނަލް ކޯޓުން ބަލަމުން ގެންދިޔަ މަސްތުވާ ތަކެތީގެ އެއްމެހާ މައްސަލަތަށް ބެލުން ވަކިމުއްދަތެއްނެތްގޮތަށް މިޔަދު ( 02 ޖެނުއަރީ 2012 ) ހުއްޓާލައި ފިއެވެ. |
|
Thursday, 22 December 2011 10:33 |
|
ވ.ފޮތިވެލި އަޙްމަދު ދިނާޙް 2001 ވަނައަހަރު މަނާކުރެވިފައިވާ މަސްތުވާ ތަކެތި ބޭނުންކުރުމުގެ ކުށުގައި 6 ( އަ ހަރު ) ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ޙުކުމް ކޮށްފައިވާއިރު 2006 ވަނައަހަރުގައިވެސް މަނާކުރެވިފައިވާ މަސްތުވާ ތަކެތި ބޭނުންކޮށް އަތުގައި ބެހެއްޓުމުގެ ކުށުގައި 12 ( ބާރަ އަހަރު ) ދުވަހުގެ މުއްދަތަށްޖަލަށް ލުމަށްވަނީ ޙުކުމް ކޮށްފައެވެ. އަދި 2010 ވަނައަހަރު މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް ބޭނުންކުރުމަށް ޓަކައި އަތުގައި ބެހެއްޓުމައި ޑޮކްޓަރެއްގެ ޕްރިސްކްރިޕްޝަނެއްނެތި ބޭހުގެގޮތުގައި ބޭނުންކުރެވޭ މަސްތުވާ އެއްޗެއް ބޭނުންކުރުމުގެ ދެމައްސަލައެއްގައި ކުއްސާބިތުވެ 31 (ތިރީސްއެއް އަހަރު) ދުވަހަށް ޖަލަށް ލުމަށް ވަނީ ޙުކުމް ކޮށްފައެވެ.
|
|
އިތުރަށް ވިދާޅުވުމަށް...
|
|
Sunday, 11 December 2011 07:40 |
|
2010 ފެބްރުއަރީ 23 ވަނަ ދުވަހު ކާރަކަށް އަރުވައިގެން ގިނަޢަދަދެއްގެ ބަނގުރާ ފުޅިތަކެއް މ. ކުރަހާގެއަށް ގެންދާކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބިގެން، މ. ކުރަހާގެ ކައިރިއަށް ފުލުހުންގޮސް ތިއްބާ މަޢުލޫމާތު ލިބުނު ކާރު ކުރަހާގެ ކައިރިއަށް އައިސް އެކާރުގައިހުރި ދަބަސްތަކެއް ކާރުން ބޭލުމަށް އެވަގުތު އެތަނުގައިތިބި ދެމީހުން މަސައްކަތްކުރަމުން ދަނިކޮށް، އެދެމީހުންނާއި އެކާރު ދުއްވަންއިން މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އެމީހުންނާއި އެކާރުން ބޭލި ދަބަސްތަކާއި އެކާރުގައިހުރި ދަބަސްތަކުގެ މަޢުލޫމާތު ސާފުކުރިއިރު، އެމީހުންނަކީ ސްރީލަންކާގެ ރައްޔިތުން ކަމުގައިވާ އިސުރު ޕްރިޔަންކަރާ ނުޕެހެވައްއާއި، މޮހިއްދީން މުޙައްމަދު މިންހާލް، އަދި ނެރޯޝަން ޑޯންއެވެ.
|
|
އިތުރަށް ވިދާޅުވުމަށް...
|
|
Saturday, 03 December 2011 10:32 |
|
ކްރިމިނަލް ކޯޓުން ޑުރާފްޓުކޮށް އެކުލަވާލައިފައިވާ " ކުށުގެ ތުހުމަތުގައި ހައްޔަރު ނުވަތަ ބަންދުކުރެވޭ މީހުންގެ ބަންދާމެދު ގޮތެއްނިންމުމުގެ ޤަވާޢިދުގެ " ޑުރާފްޓަށް ޚިޔާލުހޯދުމަށްޓަކައި ހުޅުވާލި ފުރުސަތުގައި ބައިވެރިވި ފަރައިތަކާއެކު 03 ޑިސެމްބަރ 2011 ވާ ހޮނިހިރު ދުވަހު 10:00 ގައި ކޯޓުގައި މަސައްކަތް ފަށައިފިއެވެ. މިމަސައްކަތު ބައްދަލުވުމުގައި ޕީޖީ އޮފީހާއި މޯލްޑިވިސް ޕޮލިސް ސާވިސްގެ އިތުރުން އަމިއްލަ ވަކީލުންވެސް ބައިވެރިވިއެވެ. މީގެ އިތުރު ބައްދަލުވުމެއް 10 ޑިސެމްބަރ 2011 ވާ ހޮނިހިރު ދުވަހު ބާއްވާގޮތަށްވަނީ ހަމަޖެހިފައެވެ. |
|
Wednesday, 30 November 2011 14:19 |
|
މަކަރާތް ހީލަތް ހެދުމުގައި ތުހުމަތު ކުރެވޭ 3 މީހަކު ހޯދާ ހައްޔަރުކުރަން ކްރިމިނަލްކޯޓުން އަމުރުކޮށްފިއެވެ.
|
|
އިތުރަށް ވިދާޅުވުމަށް...
|
|
Tuesday, 29 November 2011 10:29 |
ކްރިމިނަލް ކޯޓުން ޑުރާފްޓުކޮށް އެކުލަވާލައިފައިވާ " ކުށުގެ ތުހުމަތުގައި ހައްޔަރު ނުވަތަ ބަންދުކުރެވޭ މީހުންގެ ބަންދާމެދު ގޮތެއްނިންމުމުގެ ޤަވާޢިދުގެ " ޑުރާފްޓަށް ޚިޔާލުހޯދުނަށްޓަކައި 03 ޑިސެމްބަރ 2011 ވާ ހޮނިހިރު ދުވަހު 10:00 ގައި ކްރިމިނަލް ކޯޓުގައި ބާއްވާގޮތަށް ވަނީ ހަމަޖެހިފައެވެ.
|
|
އިތުރަށް ވިދާޅުވުމަށް...
|