3 މީހަކު ހޯދާ ހައްޔަރުކުރަން ކްރިމިނަލްކޯޓުން އަމުރުކޮށްފި Print
Wednesday, 30 November 2011 14:19

މަކަރާތް ހީލަތް ހެދުމުގައި ތުހުމަތު ކުރެވޭ 3 މީހަކު ހޯދާ ހައްޔަރުކުރަން ކްރިމިނަލްކޯޓުން އަމުރުކޮށްފިއެވެ.

 ބ. ތުޅާދޫ މާފަރިވާގޭ އިބްރާހިމް ޝާހިދު އާއި ށ. ޅައިމަގު ޖަމްސަރީރުގޭ މުހައްމަދު މުސްތައުމިދާއި އަދި އެ ރަށު ގޯލްޑްސްޓާ މުހައްމަދު މުސްތަފާ މި 3 މީހުން ބަންދުކުރަން ކްރިމިނަލް ކޯޓުން އެންގީ ފުޅާދާއިރާއެއްގައި ސައިކަލް ވިޔަފާރި ކުރާ ޝީޝާގެ ތިން ބެއިންގެ ނަމުގައި  ސްޓޭޓް ބޭންކް އޮފް އިންޑިއާގައި ހުޅުވާފައިވާ އެކައުންޓަކުން 18 މިލިއަން ރުފިޔާ އެކައުންޓުގެ ވެރިފަރާތްތަކުގެ ހުއްދަނެތި މިފައިސާ ބޭންކް އޮފް މޯޑިވިސްގައި އިބްރާހިމް ޝާހިދު އާއި މުހައްމަދު ރަޝީދު އަދި  ޢަބުދުލް ބާގިރުގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ އެކައުންޓަށް ޓްރާންސްފާ ކުރިކަމުގެ ތުހުމަތުގައި ޤާނޫނު ނަމްބަރު 68/10 ގެ 138 ވަނަ މާއްދާގެ ދަސުންނެވެ.

 

އަމުރު ވިދާޅުވުމަށް >>>