ގިނަޢަދަދެއްގެ ބަނގުރާ ފުޅިތަކެއް މ. ކުރަހާގެއަށް ގެންދާން މަސައްކަތްކުރި ބިދޭސީ ތިންމީހަކު ޖަލަށް Print
Sunday, 11 December 2011 07:40

2010 ފެބްރުއަރީ 23 ވަނަ ދުވަހު ކާރަކަށް އަރުވައިގެން ގިނަޢަދަދެއްގެ ބަނގުރާ ފުޅިތަކެއް މ. ކުރަހާގެއަށް ގެންދާކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބިގެން، މ. ކުރަހާގެ ކައިރިއަށް ފުލުހުންގޮސް ތިއްބާ މަޢުލޫމާތު ލިބުނު ކާރު ކުރަހާގެ ކައިރިއަށް އައިސް އެކާރުގައިހުރި ދަބަސްތަކެއް ކާރުން ބޭލުމަށް އެވަގުތު އެތަނުގައިތިބި ދެމީހުން މަސައްކަތްކުރަމުން ދަނިކޮށް، އެދެމީހުންނާއި އެކާރު ދުއްވަންއިން މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އެމީހުންނާއި އެކާރުން ބޭލި ދަބަސްތަކާއި އެކާރުގައިހުރި ދަބަސްތަކުގެ މަޢުލޫމާތު ސާފުކުރިއިރު، އެމީހުންނަކީ ސްރީލަންކާގެ ރައްޔިތުން ކަމުގައިވާ އިސުރު ޕްރިޔަންކަރާ ނުޕެހެވައްއާއި، މޮހިއްދީން މުޙައްމަދު މިންހާލް، އަދި ނެރޯޝަން ޑޯންއެވެ.

 މިމީހުންގެމަށްޗަށް ދިވެހި ދައުލަތުން ކުޅަ ޤަވާޢިދާ ޚިލާފަށް ދިވެހިރާއްޖޭގައި ބަނގުރާ ގެންގުޅުމުގެ ކުށުގެ ދަޢުވާ ޝަރީޢަތުގެ މަޖިލިހަށް ސާބިތުވުމުން ޤާނޫނު ނަންބަރު 75/4 (ދިވެހިރާއްޖެއަށް ގެނައުން މަނާ ތަކެތީގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރުގެ ދަށުން މިތިންމީހުން ދިވެހިރާއްޖޭގައި ޤަވާޢިދާ ޚިލާފަށް ބަނގުރާ ގެންގުޅުމުގެ ކުށުން ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި،  މިކުށުގެ ޢުޤޫބާތެއްގެގޮތުން ބުނެވިދިޔަ ޤާނޫނުގެ 13 ވަނަ މާއްދާގެ (ޅ) ގެ ދަށުން 01 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ޙުކުމްކޮށްފިއެވެ.

 

 

ޙުކުމްވިދާޅުވުމަށް >>>