|
Thursday, 22 December 2011 10:33 |
|
ވ.ފޮތިވެލި އަޙްމަދު ދިނާޙް 2001 ވަނައަހަރު މަނާކުރެވިފައިވާ މަސްތުވާ ތަކެތި ބޭނުންކުރުމުގެ ކުށުގައި 6 ( އަ ހަރު ) ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ޙުކުމް ކޮށްފައިވާއިރު 2006 ވަނައަހަރުގައިވެސް މަނާކުރެވިފައިވާ މަސްތުވާ ތަކެތި ބޭނުންކޮށް އަތުގައި ބެހެއްޓުމުގެ ކުށުގައި 12 ( ބާރަ އަހަރު ) ދުވަހުގެ މުއްދަތަށްޖަލަށް ލުމަށްވަނީ ޙުކުމް ކޮށްފައެވެ. އަދި 2010 ވަނައަހަރު މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް ބޭނުންކުރުމަށް ޓަކައި އަތުގައި ބެހެއްޓުމައި ޑޮކްޓަރެއްގެ ޕްރިސްކްރިޕްޝަނެއްނެތި ބޭހުގެގޮތުގައި ބޭނުންކުރެވޭ މަސްތުވާ އެއްޗެއް ބޭނުންކުރުމުގެ ދެމައްސަލައެއްގައި ކުއްސާބިތުވެ 31 (ތިރީސްއެއް އަހަރު) ދުވަހަށް ޖަލަށް ލުމަށް ވަނީ ޙުކުމް ކޮށްފައެވެ.
މަސްތުވާތަކެތިގެ އެތައް އެތައް މައްސަލައެއްގައި ޖަލަށް ޙުކުމްކޮށްފައިވަނިކޮށް ދެވަނަ ފުރުސަތުގެ ދަށުން ދޫކޮށްލައިފައިވާ ވ.ފޮތިވެލި އަޙްމަދު ދިނާޙު، 07 ފެބްރުއަރީ 2008 ދުވަހު މ.ސާފްޝޮޕް ފިހާރައަށް ޞައްޙަނޫން -/500ރ. (ފަސްސަތޭކަ) ރުފިޔާގެ ނޫޓެއް ވިއްކާފައިވާމައްސަލައިގައި، ޤާނޫނުލް ޢުޤޫބާތުގެ 95 ވަނަ މާއްދާގެ ދަށުން އަޙްމަދު ދިނާޙުގެ މައްޗަށް ކައުންޓަރފީޓް ނޫޓް އެހެންމީހަކަށް ރައްދުކުރުމުގެ ކުށުގައި ދަޢުލަތުން ކުޅަދަޢުވާ ޝަރީޢަތުން ބެލިބެލުމުން، އަޙްމަދު ދިނާޙް، 07 ފެބްރުއަރީ 2008 ދުވަހު މ.ސާފްޝޮޕް ފިހާރައަށް ޞައްޚަނޫން -/500ރ (ފަސްސަތޭކަ ރުފިޔާ) ގެ ނޫޓެއް ވިއްކާފައިވާކަން ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހުން ޝަރީއަތަށް ސާބިތުވާތީ، ކައުންޓަރފީޓް ނޫޓް އެހެން މީހަކަށް ދިނުމުގެ ކުށުން މާލެ / ވ.ފޮތިވެލި އަޙްމަދު ދިނާޙް ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި، މިކުށުގެ ޢުޤޫބާތެއްގެ ގޮތުން ޤާނޫނުލް ޢުޤޫބާތުގެ 95 ވަނަ މާއްދާގެ ދަށުން މާލެ / ވ.ފޮތިވެލި އަޙްމަދު ދިނާޙް 06 (ހައެއް) މަސްދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ޙުކުމް ކޮށްފިއެވެ.
ޙުކުމްވިދާޅުވުމަށް >>> |