|
Thursday, 19 January 2012 11:00 |
ޑރ މުޙައްމަދު ޖަމީލު އަޙްމަދު 18 ޖެނުއަރީ 2012 ވަނަ ދުވަހުގެ 20:30 ގައި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހައްޔަރުކޮށްފައިވާ ހައްޔަރުކުރުމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 46 ވަނަ މާއްދާއާއި، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު 2010/SC-A/19 ޤަޟިއްޔާއާއި،
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/278ޤަޟިއްޔާ ގައި ކަނޑައަޅާފައިވާ ހަމަތަކާއި އުސޫލާތަކާއި ޚިލާފަށް، މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކޮށްފައިވާ ހައްޔަރެއްކަމަށް މިމައްސަލަ ބެލި ޤާޟީންގެ އިއްތިފާޤުން ކަނޑައަޅައި، ޏ.ފުވައްމުލައް / އީސްޓުލައިޓު ޑރ މުޙައްމަދު ޖަމީލު އަޙްމަދު ވަގުތުން ދޫކޮށްލުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ މައްޗަށް އަމުރުކޮށްފިއެވެ.
ޙުކުމްވިދާޅުވުމަށް >>>
|